
އިންޑިއާ އަށާއި ސައުދީ އަރަބިއްޔާ އަށް އައު ސަފިރުން އައްޔަނު ކޮށްފި
އިންޑިއާ އަށާއި ސައުދީ އަރަބިއްޔާ އަށް އައު ސަފިރުން އައްޔަނު ކޮށްފި
ލިޔުން:
ދިވެހިރާއްޖެއިން އިންޑިއާ އަށާއި ސައުދީ އަރަބިއްޔާ އަށް ރައީސުލް ޖުމްހޫރިއްޔާ އައު ސަފީރުން އައްޔަނު ކުރައްވައިފި އެވެ.
އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް އައްޔަން ރައީސުލް ޖުމްހޫރިއްޔާކުރައްވާފައިވަނީ އާއިޝަތު އަޒީމާއެވެ. ސައުދިއަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވާފައިވަނީ އަހުމަދު ސަރީރެވެ.
އިންޑިގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމަށް އައްޔަނުކުރައްވާފައިވާ ސަފީރު އަޒީމާ އަކީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.
ސައުދީއަރަބިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަނުކުރެއްވި ދިވެހި ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމާއި، އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި، އެމެރިކާ އަށް ރާއްޖެއިން ކަނޑައެޅުއްާފައި ހުނަނަވާ ސަފީރުގެ މަގާމާއި، ދިވެހި ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރުކަމުގެ މަގާމާއި، އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
