
އިހަވަންދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ފަޅުތެރޭގެ އާނުގަނޑުމައްޗަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
އިހަވަންދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ފަޅުތެރޭގެ އާނުގަނޑުމައްޗަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
ލިޔުން:
އިހަވަންދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެފަޅުތެރޭގެ އާނުގަނޑުމައްޗަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހަވީރު 17:25 ހާއިރު އިހްވަންދޫ ގައި ވަށއިގެން އޮންނަ ރިންގ ރޯޑުގައި ބާރު ސްޕީޑް ގައި ދުއްވާފަ ދިޔަ މޮޓޯސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފަޅުތެރޭގައި އޮންނަ އާނުގަނޑުމައްޗަށް ވެއްޓިގެންނެވެ.
އެ ހާދިސާ ގައި ސައިކަލް ދުންވި 18 އަހަރުގެ ޒުވާނާ އަށާއި ސައިކަލްގެ ފަހަތުގައި އިން 18 އަހަރުގެ ޒުވާނާ އަށް އަނިޔާވެ އެރަށުގައި ހުންނަ އާމިނާދިޔޯ ސިއްޚީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ފަރުވާދިނުމަށްޓަކއި ގެންގޮސްފައެވެ. އެ ދެ ޒުވާނުންގެ ހަށިގަނޑުން ވަރަށް ގިނަ ތަންތަން މަށައިގެންގޮސް ބޮލަށް ވެސް އަނިޔާ ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
