
67 ސިނގިރޭޓް ކާޓަން ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
67 ސިނގިރޭޓް ކާޓަން ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ލިޔުން:
67 ސިނގިރޭޓް ކާޓަން ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލކުހުން ބުނެފައިވަނީ ނޮވެމްބަރ 2 ވަނަ ދުވަހުގެ ފަތިހު 5:40 ހާއިރު މަޖީދީމަގު އޮލިމްޕަސް ކައިރިންދިޔަ މީހަކާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި، އޭނާ ގެންގުޅުނު ދަބަސްތަކަކާއި ކޮތަޅުތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން 67 ކާޓަން ސިނގިރޭޓް ފެނިފައިވާ ކަމަށާއި، އެތަކެއްޗަކީ ވަގަށް ނަގާފައިވާ ތަކެތިކަމަށް ތުހުމަތުކުރެވިގެން އިތުރަށް ބެލިބެލުމުން ސިނގިރޭޓް ކާޓަންތަކަކީ އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑުން އޭނާ ވަަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ށ. ފޭދޫ ހިރުދުމާގެ 24 އަހަރުގެ އަހުމަދު ލުޖައިން ،24، ހައްޔަރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 5 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
