
ގުރުވަތުން ހޮވުނު ފަރާތްތަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި
ގުރުވަތުން ހޮވުނު ފަރާތްތަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި
ލިޔުން:
"ދާލަން : ނެޝަނަލް ސްކިލްސް އެންޑް ކެރިޔަރ އެކްސްޕޯ 2024" ގެ ނަމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔަ އެކްސްޕޯގައި ބެއިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުވަތުން ހޮވުނު ފަރާތްތަކަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ އެއްބާރުލުމާއެކު، މިނިސްޓްރީ އިން ވަނީ ދާލަން ލަކީ ޑްރޯގައި ބައިވެރިވެ، ގުރުވަތުން ހޮވޮނު 5 ދިވެހި ދަރިވަރަކަށް، 5 ދާއިރާ އަކުން މެލޭޝިޔާގައި ކިޔެވުމުގެ ފުރުޞަތު ހުޅުވައިލާފައެވެ.
ސްކޮލަރޝިޕް ހާޞިލުކުރެއްވި ދަރިވަރުން
• ބެޗްލަރސް އޮފް ޖަރނަލިޒަމް : އަޙްމަދު ޒައިދާން މުޙައްމަދު މުސްތަފާ
• ބެޗަލަރސް އޮފް އާރޓިފިޝަލް އިންޓެލިޖެންސް : މޫސާ ޙޫދް އިބްރީޙިމް
• ބެޗްލަރސް އޮފް ސޮފްޓްވެއަރ އިންޖީނިއަރިންގ : އައިޝަތު މާނީ ނާސިޙް އިބްރާޙިމް
• ބެޗްލަރ އޮފް މެރިން ބަޔޯޓެކްނޮލޮޖީ : އިސްމާޢިލް ރިފާޢު
• ބެޗްލަރސް އޮފް ޑިޖިޓަލް މީޑިޔާ ޓެކްނޮލޮޖީ : މުޙައްމަދު އިޔާލް ނަސީމް
ސްކޮލަޝިޕް ޙަވާލުކުރުމަށް މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޑައިރެކްޓަރ ޖެނެރަލް، ފާތިމަތު ޝިފްޒާ ހުސައިން، ސްކޮލަރޝިޕް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ، މަރްޔަމް ސަމްރަތްގެ އިތުރުން ވެސް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
