
މޫސުމް މާދަމާއިންފެށިގެން އިތުރަށް ގޯސްވާނެ: މެޓް އޮފީސް
މޫސުމް މާދަމާއިންފެށިގެން އިތުރަށް ގޯސްވާނެ: މެޓް އޮފީސް
ލިޔުން:
މޫސުމް މާދަމާއިންފެށިގެން އިތުރަށް ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން ބުނެފައިވަނީ މި ދުވަސްވަރަކީ ހުޅަނގު މޫސުމް ނިމި އިރުވައި މޫސުމް ފެށޭ ދުވަސްވަރަށްވާތީ ރާއްޖެ ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރަތު ވަރަށް ބޮޑުވާނެ ކަމަށާއި، އެގޮތުން ބެންގާލް ކަނޑުގައި އުފެދުނު ކޮޅިގަނޑު ޓަމިލްނާޑޫއާ ހިސާބަށް ކުރިއަށް އޮތް ދުވަސްތަކުގައި ފޯރާނެ ކަމަށާއި، އަދި ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރައްދުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.
އެހެންކަމުން މާދަމާ އިން ފެށިގެން މެދު ރާއްޖެތެރެ އާއި ދެކުނަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
