
ގދ.ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ގާއިމްކުރުމުގެ މަސައްކަތް ފެބުރުއަރީ މަހު ފަށަނީ
ގދ.ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ގާއިމްކުރުމުގެ މަސައްކަތް ފެބުރުއަރީ މަހު ފަށަނީ
ލިޔުން:
ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމަށް އަންނަ ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފިޔޯރީ ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ފިޔޯރީ މަސްވެރިން ބާނާ މަސް ކިރަން ކޫއްޑޫއަށް ކުރަންޖެހޭ ދަތުރަކީ ތަކުލީފުބޮޑު ދަތުރަކަށްވާތީ، ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، ސޮއިކުރާތާ ދެ ހަފުތާ ތެރޭ ފަށާނޭކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޔޯރީގައި ޤާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުޚާނާއަކަށް ކަމަށެވެ.
މީގެ އިތުރުން ފިޔޯރީގެ ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، ކްލާސް ރޫމާއި ލެބް ޤާއިމުކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި
އޭ.ޓީ.އެމް ވަޢުދުވެސް ފުއްދަވާނެކަމަށް ވިދާޅުވެ. 2025ގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމުގެ ޔަޤީންކަންވެސް އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
