
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި
ލިޔުން:
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މިއަދުގެ މެންދުރުފަހު 15:30 އާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަނެއްކާވެސް ރާއްޖޭގެ އިރުން ހުޅަނގު ދެކުނުން ބޭއޮފް ބެންގާލް ގައި ކޮޅިގަނޑެއް އުފެދިފައިވާތީ، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާގަނޑެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން މީގެ ކުރިން ވަނީ ލަފާ ކޮށްފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ކޮޅިގަނޑުގެ ސަބަބުން 13 ޖެނުއަރީ އިން ފެށިގެން 18 ޖެނުއަރީ އާއި ދެމެދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި، މި ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި އާއްމު ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ތރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތުވެސް އޮތްކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
