
ހެލްތު ރިސާޗް ބުލެޓިން ނެރެފި
ހެލްތު ރިސާޗް ބުލެޓިން ނެރެފި
ލިޔުން:
މި އަހަރުގެ "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން" މިއަދު އާންމުކޮށްފި އެވެ.
މިއީ ރާއްޖޭގައި ކުރެވިފައިވާ ސިއްހީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސް ހިސާބު ހިމެނޭހެން ހެލްތު މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކު އާންމު ކުރާ ބުލެޓިންއެކެވެ.
ހެލްތު މިނިސްޓްރީން ބުނީ ރިސާޗް ބުލެޓިން ޝާއިއުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހެދޭ ސިއްހީ ދާއިރާ އާ ގުޅުންހުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގައި ސިއްހީ ދިރާސާކުރުމުގެ ރޫހު އާލާކޮށް، ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުން ކަމަށެވެ.
މި އަހަރު އާންމުކުރެވޭ ރިސާޗް ބުލެޓިންގައި ރާއްޖޭގައި ހެދިފައިވާ ސިއްހީ ދިރާސާތަކުގެ 7 އެބްސްޓްރެކްޓެއް ހިމަނާފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ސިއްހަތާއި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމާއި ނަފްސާނީ ސިއްހަތާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމާ އަދި އާންމު ސިއްހަތާ ގުޅުން ހުރި މައުލޫމާތު ހިމެނެ އެވެ.
އަދި ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލާ ގުޅުންހުރި މައުލޫމާތާއި ސިއްހީ ދިރާސާކުރުމަށް ހުއްދަ ދިނުމުގެ މަރުހަލާތަކާއި 2022-2025 ވަނަ އަހަރަށް ރާއްޖޭގައި ސިއްހީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތައް ވެސް މި ބުލެޓިންގައި ހުންނާނެ އެވެ.
އެ މިނިސްޓްރީން ބުނީ މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ސިއްހީ ދިރާސާކުރުމަށް މަގުފަހިވާ ފަދަ ވެއްޓެއް ގާއިމުކުރަން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
