
އައްނަބީލާ ހަބީބާ ހުސައިން ހަބީބް އަވަހާރަވެއްޖެ
އައްނަބީލާ ހަބީބާ ހުސައިން ހަބީބް އަވަހާރަވެއްޖެ
ލިޔުން:
ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި، ނިޝާން ދިޔަމިގިލީ ޢިއްޒަތުގެ ވެރިޔާ ހަބީބާ ހުސައިން ހަބީބް މިއަދު އަވަހާރަވެޖެއެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވީފަހުން ހަބީބާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. އަވަހާރަ ވީއިރު އޭނާގެ އުމުރުފުޅަކީ 92 އަހަރެވެ.
ޙަބީބާއަކީ ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އޭގެތެރޭގައި ލިޔުންތެރިކަމާއި، ތާރީހަށް ކުރެއްވި ހިދުމަތްތައް ފާހަގަކޮށްލެވެ އެވެ. ޓީޗަރެއްގެ ގޮތުގައި ވެސް އޭނާ ހިދުމަތްކުރެއްވި އެވެ.
ސަރުކާރުގެ ހިދުމަތުގައި ހަބީބާ އެންމެ ގިނަދުވަހު ކުރެއްވީ ގައުމީ ކުތުބުހާނާގައެވެ. އެތަނުގައި 29 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޙިދުމަތް ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވި މެންބަރުކަން ވެސް އޭނާ އަދާކުރައްވާފައެވެ.
ހަބީބާ އަކީ ރާއްޖޭގެ ރަސްކަން ދެ ފަހަރެއްގެ މަތިން 32 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އައް ސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ކާފަދަރިކަނބަލެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
