ކޮމިޝަރ އޮފް ފޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މާރާމާރީއަކީ މާލޭގެ 2 ގްރޫޕެއްގެ ދެމެދުގައި ހިނގާ މާރާމާރީ ތަކެއް ކަމަށެވެ. މި މާރާމާރީތަކުގައި 4 ގްރޫޕަކުން ބައިވެރިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ވަޅިޖެހީ ސަލާމަތްހޯދަށް ފިހާރައިގެ ސޭޓަކަށް އިން އަންހެން ކުއްޖާގައި ބައްްދައިގެން އޮއްވާ!
ވަޅިޖެހީ ސަލާމަތްހޯދަށް ފިހާރައިގެ ސޭޓަކަށް އިން އަންހެން ކުއްޖާގައި ބައްްދައިގެން އޮއްވާ!
ލިޔުން:
މާފަންނު މުރަނގަމަގުގައި ހުރި "ކްރާަސާ' ފިހާރަ ތެރޭގައި ރޭ ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައެވެ. އޭނާއަށް ހަމަލާދިނީ އޭނާ އެފިހާރައިން އަތަރު ފުޅިއެއް ގަނެގެން ފައިސާ ދައްްކަން ހުއްޓާ މޫނު ނިވާކޮށްގެންގެން ތިބި ދެ މީހަކު ފިހާއަށް ވަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެމީހުން ވަޅިނ ހިފައިގެން އަންނަތަން ފެނުމުން އޭނާ ވަނީ ދުވެފައި ކައުންޓަރަށް ވަދެ ކައުންޓަރުގައި ހުރި އަންހެން މުވައްޒަފުގައި ސަލާމަތް ހޯދުމަށް ބައްދާފައެވެ. އޭނާއަށް ހަމަލާދިނީ އަންހެން ކުއްޖާއާއެކު ކައުންޓަރުތެރެއަށް ވެއްޓިފައި އޮއްވައެވެ. މިހާދިސާގައި އަންހެން ކުއްޖާ ސަލާމަތްވާން ކައުންޓަރު މަތިން ފުންމާލި ވަގުތު ކައުންޓަރު މަތީގައި އޮތް ބިއްލޫރިގަނޑާއެކު އޭނާ ވެއްޓުމުން އެކިވަރުގެ އަނިޔާތައް ލިބުނެވެ. އަދި އޭނާގެ ކުރިމަތީގައި ހިނގި އެ ބިރުވެރި ހާދިސާގެ ސަބަބުން އޭނާއަށް ޝޮކެއްޖެހި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.
މިހާދިސާގައި ޒަހަމްވި ޒުވާނާގެ ބެލްޓްގައި ވަޅިއެއް އެލުވާފައި އޮތެވެ. ވަޅި އޮތީ ބެލްޓާއެކު ބަނދެފައެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެ ޒުވާނާއަކީވެސް މިފަދަ މައްސަލަތަކުގައި ޝާމިލްވާ މީހެއް ކަމަށެވެ. އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިހެރުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްއެވެ. ފަރުވާދެނީ އައިޖީއެމް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައެވެ.
ކޮމިޝަރ އޮފް ފޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މާރާމާރީއަކީ މާލޭގެ 2 ގްރޫޕެއްގެ ދެމެދުގައި ހިނގާ މާރާމާރީ ތަކެއް ކަމަށެވެ. މި މާރާމާރީތަކުގައި 4 ގްރޫޕަކުން ބައިވެރިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަރ އޮފް ފޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މާރާމާރީއަކީ މާލޭގެ 2 ގްރޫޕެއްގެ ދެމެދުގައި ހިނގާ މާރާމާރީ ތަކެއް ކަމަށެވެ. މި މާރާމާރީތަކުގައި 4 ގްރޫޕަކުން ބައިވެރިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
