
ވެމްކޯއިން އޭދަފުށީ ކުނިގޮނޑު ސާފު ކޮށްލައިފި، 1200 ޓަނުގެ ކުނި ނެގި!
ވެމްކޯއިން އޭދަފުށީ ކުނިގޮނޑު ސާފު ކޮށްލައިފި، 1200 ޓަނުގެ ކުނި ނެގި!
ލިޔުން:
ބ. އޭދަފުށީގެ ގޮނޑަށް އެތައް ދުވަހެއްގެ މަތިން ޖަމާވެފަ ހުރި ކުނިތައް ވެމްކޯ އިން ނަގައިފި އެވެ.
ވެމްކޯއިން ބުނީ ބ. އޭދަފުށީ ގެ ގޮނޑު ސާފުކޮށް 1200 ޓަނުގެ ކުނި ނެގީ އެރަށުގެ ކައުނޮސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށެވެ.
މި ކުނިގޮނޑު ސާފުކުރުމަށް 7 ދުވަސް ހޭދަވިކަމަށް ވެމްކޯއިން ބުނެއެވެ.
https://twitter.com/WAMCOmv/status/1610558758371078150
ރަށް ރަށުގެ ގޮނޑުދޮށުގައި ހުންނަ ކުނިތައް ތިލަފުށި ނުވަތަ އެހެން ތަންތަނަށް ބޭރު ކުރުމަކީ ކައުންސިލްތަކަށް ކުރެނޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ވަސީލަތްތައް ކައުންސިލްތަކުގައި ނެތުމެވެ.
ރަށްރަށުގައި ހުންނަ ކުނި މީގެކުރިން ރަށުން ބޭރުކޮށްދޭނެ ގޮތެއް ނެތުމާ ގުޅިގެން ވެމްކޯ އިން ވަނީ މިހާރު އެގޮތަށް ހުންނަ ކުނިގޮނޑުތައް އެރަށުގެ ކައުންސިލްތަކާ ގުޅިގެން ސާފުކުރަން ފަށާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރ އަތޮޅުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 3 މީހުން ހައްޔަރުކޮށްފި

ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީ އާއިއެކު މަސައްކަތްކުރުން ކަމަށް ނިންމައި އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދައިފި

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
