logo minivan

English

ބުރާސްފަތި, 16 މެއި 2024
ގެއްލިގެން ހޯދާ އާއިޝަތު ޒީވާ

ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެންކުއްޖާ ފެނިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުދިޔަ އަންހެންކުއްޖާ މިއަދު ފެނިއްޖެއެވެ.

ރ. އިނގުރައިދޫ އަށް ނިސްބަތްވާ އެރަށު ކަނބުރުގޭ އުމުރުން 13 އަހަރުގެ އާއިޝަތު ޒީވާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކށްފައިވަނީ  ރޭ 07:45 އެހައިކަންހާއިރެވެ.

މިނިވަންއަށް މައުލޫމާތު ހިއްސާކުރަމުން ޒީވާ އާއިލާގެ މެމްބަރަކު ބުނީ ކުއްޖާ ފެނިފައިވަނީ މިއަދު މީގެ ކުޑައިރުކޮޅެއް ކުރިން މާލެއިން ކަމަށެވެ. ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅެވެ. އާއިލާގެ މީހުންނަށް ކުއްޖާގެ ހަބަރެއް ނުވެ މިހާ ގިނައިރުވި ސަބަބެއް އަދި ނޭނގެއެވެ.

ޢާއިޝަތު ޒީވާ ސަޢީދު އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. މީގެ ދެދުވަހެއް ކުރިންވެސް ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިއެވެ. ފުލުހުން އޭނާ ހޯދަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އޭނާވެސް ފެނުނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *