logo minivan

English

ހުކުރު, 17 މެއި 2024

މިސްކިތެއްގެ ފާހާނަ ތެރޭގައި ކުޑަކުއްޖަކަށް ބުލީކުރި ކުދިން ދެނެގަނެވިއްޖެ: ޕޮލިސް

މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުއްޖަކަށް ބުލީކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެ، އެކަންތައް އާއްމުންގެ ސަމާލުކަމަށް އައިސްފައިވާއިރު، އެކަންކުރި ކުދިން ދެނެގަނެވިފައި ވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ރޭ އާއްމުވި މި ވީޑިއޯގައި ފެންނަނީ ކުދިބަޔަކުވެގެން ކުއްޖަކު މިސްކިތެއްގެ ފާހާނާ ތެރެއަށް ވައްދައިގެން އެކުއްޖާއާ ހަނގާކޮށް އަނިޔާކުރާ މަންޒަރެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، ރައްޔިތުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ބުލީކުރާ އެ މަންޒަރު ފެންނަ ވީޑިއޯ ދައުރުނުކުރަން އެދޭކަމަށާއި، ފުލުހުން އެ ކަން ތަހުގީގުކުރަމުން އަންނަކަމަށެވެ. އޭގެ އިރުކޮޅެއްފަހުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ވިދާޅުވެފައިވަނީ، އެކަންކުރި ކަމަށް މިހާތަނަށް ޔަގީންކުރެވިފައިވަނީ އއ ރަސްދޫއިން ކަމަށާއި، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާކަމަށެވެ.

އެކަން ކުރިކަމަށް ފާހަގަކުރެވިފައިވަނީ އުމުރުން 13 އަހަރާއި 14 އަހަރުގެ ކުދިންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކުން ވަނީ އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމަކުން، ނުވަތަ ސިފައަކުން ކުދިންނަށް ހަނގާކޮށް ހެދުމަކީ ރާއްޖޭގައިވެސް ވަރަށް އާއްމު ކަމެކެވެ. އެ ބާވަތުގެ ކުދިންނަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ދޭތެރެއަކުން ސޯޝަލް މީޑިއާއިން ފެންނަމުންދާއިރު، ރާއްޖޭގެ ސްކޫލުތަކުގައި މިކަމަކީ މިހާރު ވަރަށް އާއްމު ކަމެއްކަން މިފަދަ ވީޑިއޯތަކަށް ބަލާލުމުން ދޭހަވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *