logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ފިތުރު އީދު ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާ އެރުވުން އޮންނާނެ

ފިތުރު ޢީދު ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާ އެރުވުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އީދު ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށެވެ. ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ 22:00 ގައި ހެންވޭރު ހެދިގޮނޑުދޮށާ ދިމާލު ކަނޑުމަތީގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް އީދު ފާހަގަކުރުމަށް އެމްއެންޑިއެފުން ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްގެންދާއިރު، މިކަމަކީ އާއްމު ރައްޔިތުންގެ ކުދިބޮޑު އެންމެންގެ ވަރަށްބޮޑު ޝައުގުވެރިކަމެއް ލިބިގެންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

 

މިދިޔަ އަހަރުތަކުގައި ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައިވެސް ވަނީ ހަވާ އަރުވާފައެވެ.

ތަފާތު އެކި މުނާސަބާ ފާހަގަކުރުމަށް ސަރުކާރުން ހަވާއެރުވުމަކީ މިހާރު އާއްމު ކަމެކެވެ. މިގޮތުން އެމްއެންޑީއެފުން ވިޔަފާރީގެ އުސޫލުންވެސް އަމިއްލަ ފަރާތްތަކަށް ހަވާ އަރުވައިދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *