logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހަމައެކަނި ދިވެހިންނަށް ތިލަފުށިން ބިންވިއްކުމަށް ހުޅުވާލައިފި

ހަމައެކަނި ދިވެހިންނަށް ހާއްސަކޮށް ތިލަފުށިން ބިންވިއްކުމަށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ،  ތިން ކެޓަގަރީއަކުން ބިން ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި 108 ބިމެއް ހިމެނެއެވެ.

ވިއްކުމަށް ކަނޑައެޅި ބިންތަކުގެ ތެރޭގައި ހިމެނެނީ:

  1. 4999-2500 އަކަފޫޓުގެ 64 ބިން
  2.  9999-5000 އަކަފޫޓުގެ 42 ބިން
  3.  10،000-14،999 އަކަފޫޓުގެ ދެ ބިން

ބީލަމުގެ އުސޫލުން ވިއްކުމަށް ނިންމާފައިވާ މި ބިންތައް ގަތުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ތިލަފުށި ފޭސް އެކަކުން 5،000 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށެވެ.

މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ބަލާއިރު، ކުރިއަށްއޮތްތަނުގައި ތިލަފުށި ވެގެންދާނީ އިންޑަރސްޓްރިއަލް ޒޯނެއްގެ އިތުރުން ވިޔަފާރީގެވެސް މައި ހަބަކަށެވެ. އެގޮތުން ތިލަފުއްޓާއި މާލެ ބްރިޖަކުން ގުޅުވާލުމުން މިހާރު ފަށާފައިވާ މަޝްރޫޢު ނިމުމާއެކު ވިޔަފާރީގެ މުއާމަލާތްތަކަށް އިންގިލާބީ ކުރިއެރުމެއް އަންނާނޭކަމަށް ސަރުކާރުން ސިފަކުރެއެވެ.

އެޗްޑީސީން މިދިޔަ މަހު ވަނީ ތިލަފުށި ފޭސް 2 އިން ދިވެހިންނަށް ބިން މިލްކު ކުރެވޭ ގޮތަށް އަދި ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ނެގޭނެ ކަމަށް ބުނެ އިއުލާނެއް ނެރެފައެވެ. ނަމަވެސް ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޭ ގޮތަށް އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުގެ ސަބަބުން އެ ކުންފުނިން ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *