logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ގާފަރު ފަޅުގައި ހިއްކާ 16 ރަށުގެ މަޝްރޫއަށް ހިނގާ ޚަރަދު އަނބުރާ ދައްކަން ޖެހެނީ ދިގު މުއްދަތަކަށް ކުއްޔަށް ދެވޭ އުސޫލުން ލިބޭ އާމްދަނީން!

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްއެމްސީ) ކ. ގާފަރުގައި 16 ރަށް ހިއްކާ ތަރައްގީކުރުމުގެ މަޝްރޫއުއަށް ހިނގާ ޚަރަދު ދައްކަން ޖެހެނީ ދިގުމުއްދަތަކަށް ކުއްޔަށް ދެވޭ އުސޫލުން އެރަށްތަކުން ލިބޭ އާމްދަނީންނެވެ. މަޝްރޫއަށް ދާ ހަރަދު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ,

އެމްއެފްއެމްސީއިން މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ހަވާލުކޮށްފައިވަނީ އުމުރުން ވަރަށް ހަގު ދިވެހި ކުންފުންޏެއް ކަމުގައިވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކުންފުންޏަކީ މިހާތަނަށް މިފަދަ އެއްވެސް ހިންގާފައިވާ ކުންފުންޏެއް ނޫނެވެ.

އެމްއެފްއެމްސީއިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކާފު އަތޮޅު ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި 2 ލަގްޒަރީ ރިސޯޓު ތަރައްޤީކުރާނެއެވެ. މީގެ އިތުރުން، ކ.ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިން ހިއްކަން ވެސް ވަނީ ހަމަޖެހިފައެވެ.

"ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކިގެންދާ މި ބިޔަ މަޝްރޫޢުއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއުއެވެ." އެމްއެފްއެމްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމްއެފްއެމްސީއިން ބުނީ 106.91 ހެކްޓަރުގެ ބިން ހިއްކުމަށް 35.6 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަށް ދާނީ މިވަގުތު ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދާ ވަރަށް ވުރެ ކުޑަ ހަރަދެއް ކަމަށެވެ.

"ހިއްކުމުގެ މަސައްކަތަށް 3،747،792 އުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫ.އެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެފްއެމްސީއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަމަށްވާތީ, އެޑްވާންސް ޕޭމެންޓު ޕޭމެންޓެއް ދައްކަން ނުޖެހި, ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

މަޝްރޫއަށް ދާ ހަރަދު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ,

ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީއާ ހަވާލުކޮށްފައިވާ ފަޅެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *