logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ދައުލަތުގެ ގާނޫނު ހަދާ ބާރުގެ ރައީސަކަށް އަބްދުއްރަހީމް: މަރުހަބާ!

ރައްޔިތުންގެ މަޖިލީހުގެ ރައިސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހޮވިވަޑައިގެންފިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމަށް ވަނީ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާފައެވެ.

މަޖިލިސް ރައީސް ކަމަށް ނެގުނު ވޯޓުގެ ނަތީޖާ:

  •  ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ – 71 ވޯޓު
  •  ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް – 14 ވޯޓު
  •  ބާތިލު – 7 ވޯޓު

މަޖިލީހުގެ ރައީސް އިންތިހާބުކުރި މި ޖަލްސާގައި 93 މެންބަރުން ތިއްބެވިއިރު، ވޯޓު ދެއްވީ 92 މެމްބަރުންނެވެ. ހަމައެކަނި ވޯޓް ނުލައްވަނީ މީދޫ ދާއިރާގެ މެމްބަރު ސިޔާމް އެވެ. އޭނާ ވިދާޅުވީ ރިޔާސަތުގައި އިންނެވުމުގެ ސަބަބުން އެއްވެސް ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށެވެ.

މަޖިލިހުގެ ރައީސްގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ފަސް މެމްބަރުންގެ ކޮމިޓީންނެވެ. އެ ކޮމިޓީގައި ތިއްބަވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެވެ.

އަދި މިހާރު ވަނީ މަޖިލިހުގެ ނައިބު ރައީސަކު ހޮވުމަށް ވޯޓުލާން ފަށާފައެވެ. ނައިބު ރައީސްކަމަށް ކުރިމަތިލެއްވީ ޕީއެންސީން ދިއްގަރު ދާއިރާގެ ނާޒިމާއި އެމްޑީޕީން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކުރަންވާނެއެވެ.

މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *