logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ސްޓެލްކޯގެ ހެޑް އޮފީސް. ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މަލޭގެ މާފަންނު، މަޖީދީ މަގު އަދި ޢިއްޒުއްދީން މަގު ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އިން ހަވީރު 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ހުޅުމާލޭގެ ނިރޮޅު މަގު، ނިރޮޅު މަގު ގޯޅި 7، ކަނީރު މަގު އަދި އުނިމާ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 11:30 ށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ކަަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ފާހަގަކޮށްފައެވެ.

ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ