logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކޮބީ މައިނޫ މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށް މުސާރަ ހަތަރު ގުނައަށް އިތުރުކުރަން ތައްޔާރުވެއްޖެ

އެފްއޭ ކަޕްގެ ފައިނަލުގައި މޮޅުވި ލަނޑު ކާމިޔާބުކޮށްދިން މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ މައިނޫގެ މުސާރަ ހަތަރުގުނަ ބޮޑުކޮށް އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެޓީމުން ތައްޔާރުވެފައިވާކަމަށް މީޑިއާ ރިޕޮޓްތައް ބުނެއެވެ.

އާ އެއްބަސްވުމާ އެކު ހަފުތާއަކު 80000 ޕައުންޑްގެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނާއިރު އުމުރުން 19 އަހަރުގެ ފޯވާޑް މައިނޫ ބުނެފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ އޭނާ އެ ހުށަހެޅުމާމެދު އުސޫލެއްގެގޮތުން އެއްބަސްވި ނަމަވެސް ގޮތެއް ނިންމާނީ 2024 ވަނަ އަހަރުގެ ޔޫރޯގެ ފަހުން މަޝްވަރާތައް ބޭއްވުމަށްފަހުކަމުގައިއެވެ.

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެންޗެސްޓަރ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 އެވެ. އަދި އެ އެއްބަސްވުމުގައިބުނާގޮތުން އިތުރު އެއް އަހަރަށް އެއްބަސްވުން ދަންމާލުމުގެ ފުރުސަތުވެސް އެޓީމަށް ލިބިދީފައިވެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *