logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މެޑަމް ސާޖިދާގެ ދޮންބައްޕަ އަވަހާރަވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަވަހާރަވެއްޖެއެވެ.

ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮންއަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.

އެނގިފައިވާ ގޮތުގައި ދޮން އަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ މަރުކަޒު ގައެވެ.

އެގޮތުން، ރައީސް ޑރ. މުއިއްޒު ވަނީ މި ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު މިވަގުތު ހުންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ނިއުދިއްލީގައެވެ.

މެޑަމް ސާޖިދާގެ ދޮން ބައްޕަ ނިޔާވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *