logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ބީއެމްއެލުން މާފުށީގައި ޑޮލަރު އޭޓީއެމެއް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސްއިން ކ.މާފުށީގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި މިއަދު ހިދުމަތްދޭން ފަށައިފިއެވެ.

ބީއެމްއެލުން ބުނީ މާފުށީގައި ބްރާންޗުގައި އަލަށް ބެހެއްޓިއޭޓީއެމް މެދުވެރިކޮށް ފަރުދުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް މިހާރު ލިބޭނޭ ކަމަށެވެ. މިއީ މާލެ ސިޓީން ބޭރުގައި ފުރަތަމަ ބެހެއްޓި ޑޮލަރު އޭޓީއެމްކަން ފާހަގަކުރަމުން ބީއެމްއެލުން ބުނީ މާފުށި އޭޓީއެމް ވެގެންދާނީ މާލެ، ހުޅުމާލެ، އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކަށް އިތުރުވެގެންދާ އޭޓީއެމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޤައުމީ ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮންނަ ޑިމާންޑް ބޮޑުވަމުން އަންނަ ކަމަށެވެ. އިގްތިސާދީގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އޮތީ ބޭންކިންގެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް ތައްޔާރުވެގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

Image

ބީއެމްއެލުން ވަނީ ވަރަށްފަހުން މާފުށި ބްރާންޗުން ދެމުންއަންނަ ހިދުމަތްތައްވެސް އިތުރަށް ފުޅާކޮށްފައެވެ. ބީއެމްއެލުން ބުނީ މާފުށިން މިހާރު ލޯނަށް އެދި ހުށަހެޅުމާއި، ޗެކް ޑިޕޮސިޓްކުރުމާއި ބޭރުފައިސާ މާރުކުރުމުގެ ހިދުމަތް ލިބޭނޭ ކަމަށެވެ.

ބީއެމްއެލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 144 އޭޓީއެމް ބަހައްޓާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *