logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހުރިހާ ހައްޖުވެރިން އަރަފާތުބިމަށް ގޮސްފި

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާއަަށް ދިޔަ ހުރިހާ ދިވެހި ހައްޖާޖީން އަރަފާތު ބިމަށް ގޮސްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަށް ހައްޖުވެރިން ކުރި ދަތުރު ފުރިހަމަކޮށް މިހާރު ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި ކަމަށެވެ.

ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތު ބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.

މިއަހަރުގެ ހައްޖުމަހުގެ ހަނދު ސައުދީއަށް ކަލަންޑަރުގައި އޮތް ދުވަހަށްވުރެ އެއް ދުވަސް ކުރިން ފެނިފައިވުމާއި އެކީ ހައްޖު ދުވަސް ވަނީ އަވަސްވެފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 1،150 ފަރާތަކުންނެވެ. މީގެ ތެރެެއިން 50 ފަރާތަކީ ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ހައްޖަށް ދިޔަ މީހުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *