logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ވޯލްޑް ބޭންކުން ރާއްޖެ ސަރަހައްދަށް އާ ޑިރެކްޓަރެއް ހަމަޖައްސައިފި

ވޯލްޑް ބޭންކުން ރާއްޖެ ސަރަަހައްދަށް ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފިއެވެ.

ވޯލްޑް ބޭންކުން ބުނީ އަންނަ މަހުގެ އެއް ވަަނަ ދުވަހުން ފެށިގެން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާގެ އާ ކަންޓްރީ ޑައިރެކްޓަރަކީ ޑޭވިޑް ސިސްލަން ކަމަށެވެ.

މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދް ޒާވޯސް އެވެ. އޭނާ އަކީ އެމެރިކާ އާއި އިޓަލީ އަށް ނިސްބަތްވާ ރައްޔިތެކެވެ.

ޑޭވިޑް ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ މީގެ 23 އަހަރު ކުރިން 2001 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގައެވެ.

ޑޭވިޑް ވިދާޅުވީ މަގާމުގެ ޒިންމާއާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެ، ނޭޕާލް އަދި ލަންކާގެ ސަރުކާރުތަކާ ގުޅިގެން ރަނގަޅު ކުރިއެރުންތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *