logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މާލޭ ވިޔަފާރި ބަނދަރަށް އާގުބޯޓެއް ކައިރިކޮށްފައި. ދުނިޔޭގެ އިގުތިސާދަށް ބޮޑެތި މައްސަލަތައް ދިމާވެދާނެ ކަމުގެ ބިިރު ވަނީ އުފެދިފައި

އިގުތިސާދީ ކާރިސާއެއްގެ ނުރައްކާ ދަނީ ބޮޑުވަމުން: ވޯލްޑް ބޭންކް

ރާއްޖެ ވެސް ހިމެނޭ ގޮތުން މިސަރަހައްދުގެ ގައުމުތަކަށް ހުރި އިގުތިސާދީ ގޮތުން ހުރި ރިސްކްތައް އަދި ވެސް އެގޮތުގައި އެބަހުރި ކަމަށާއި އެ ހިރާސްތަކުގެ ސަބަބުން ގިނަ ގައުމުތަކަށް އިގުތިސާދީ ކާރިސާ ކުރިމަތިވުމުގެ ނުރައްކާ ދަނީ ބޮޑުވަމުން ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑްބޭންކުން މިދިޔަ ބުދަދުވަހު ނެރުނު ރިޕޯޓްގައިވާ ގޮތުން ޔުކްރޭނު ހަނގުރާމައިގެ ސަބަބުން ކުރިވަތިވަމުން އަންނަ މައްސަލަތަކަކީ މިސަރަހައްދުގެ ގައުމުތަކުގެ އިގުތިސާދަށް އޮތް ރިސްކްތަކުގެ ތެރެއިން ބޮޑު އެއްކަމަކީ ޔުކްރޭން ހަނގުރާމައިން ނުކުންނަމުންދާ ނުބައި ނަތީޖާތަކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ އިގުތިސާދަށް އޭރު ކުރިމަތިވި މައްސަލަތަކުން ވާރުތަވި ގެއްްލުން ތަކަކީ ވެސް އިގުތިސާދުތަކަށް އަދިވެސް އޮތް ރިސްކެކެވެ.

"އިތުރު ގައުމުތަކަށް ވެސް [އިގުތިސާދީ] ކާރިސާ ކުރިމަތިވުމުގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ. އެކަމަކު އެކަން ކުޑަކުރަން ތަންފީޒުކުރާ ސިޔާސަތުތަކުގެ ގޮތުން އެކި ގައުުމުތަކަށް އެނުރައްކާ އޮތް މިންވަރު ތަފާތުވާނެ އެވެ. މެކްރޯ އިކޮނޮމިކް މެނޭޖްމަންޓް ވަރުގަދަވުމާއި ބަލިކަށިވުން އަދި އެހެން ބައެއް ކަންތައްތަކުގެ ސަބަބުން އެކަމުގައި ގައުމުތައް ތަފާތުވާނެ އެވެ،" ވޯލްޑްބޭންކްގެ ރިޕޯޓްގައި ވެ އެވެ.

އެރިޕޯޓުގައިވާ ގޮތުން  މި ސަރަހައްދުގެ އިގުތިސާދު ތަކަށް ހުރި ރިސްކުތައް އިތުރުވާ އަނެއް ސަބަަބަކީ ޖުމްލަ ގޮތެއްގައި ދުނިޔޭގެ އިގުތިސާދަށް އަންނަ މަޑުޖެހުން، ކުރިން ލަފާކުރި ވަރަށް ވުރެ ބޮޑުވުމެވެ، އަދި މިހާރުވެސް ކުރިމަތިވެފައިވާ އިންފްލޭޝަން މައްޗަށް ދިއުމުގެ މައްސަލަ އާއި ފައިނޭންޝަލް ސްޓްރެސް އެގޮތުގައި ދިގުދެމިގެން ދިއުމަކީ ވެސް އޮތް ރިސްކެކެވެ.

"ޗައިިނާގެ އިގުތިސާދީ ކުރިއެރުން ދަށަށްދާ މިންވަރު އިތުރުވެއްޖެ ނަމަ [ހަރަކާތްތެރިކަން ކުޑަކުރަން އެގައުމުގައި އިތުރު ފިޔަވަޅެއް އަޅައިފި ނަމަ އަދި ޔޫރަޕާއި އެމެރިކާގެ އިގުތިސާދީ ކުރިއެރުން ދަށަށް ދާ ނަމަ އެކްސްޕޯޓް ވިޔަފާރިން ގިނަ ގައުމުތަކަށް ލިބޭ އާމްދަނީ އަށް އަސަރުކުރާނެ އެވެ. ޓޫރިޒަމަށް ބަރޯސާވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ [ދިވެހިރާއްޖެއާއި ސްރީލަންކާގެ] އާމްދަނީއަށް އެކަމުގެ ސަބަބުން ނުބައި އަސަރުކުރާނެ އެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުންޏެވެ.

އެހުރިހާ ރިސްކަކާއި އެކުގައި ވެސް ވޯލްޑްބޭކުން ލަފާކޮށްފައިވާ ގޮތުގައި ދެކުނު އޭޝިއާގައި އިގުތިސާދު އެންމެ ބާރަށް ކުރިއަރާ ގައުމުގެ ގޮތުގައި މިއަހަރުވެސް ދެމި އޮންނާނީ ރާއްޖެ އެވެ.

މިސަރަހައްދުން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު: ވޯލްޑްބޭންކް

ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު މިއަހަރު ކުރިއަރާނީ 8.2 ޕަސެންޓުންނެވެ. އެއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް މިންވަރެއް ކަމަށާއި އެހެން ނަމަވެސް މި ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ގޮތުގައި ރާއްޖޭގެ އިގުތިސާދު ދެމި އޮންނާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

"ދިވެހިރާއްޖޭގައި 2023 ވަނަ އަހަރު އިގުތިސާދު މެދުމިނަކަށް، 8.2 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާ ކުރެވެ އެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް މިންވަރެކެވެ. އެއީ ޕްރީ ޕެންޑެމިކް ބޫސްޓް ފަނޑުވަމުންދާތީ އެވެ. އެކަން އެހެން އޮތުމާއި އެކުގައި ވެސް މި ސަރަަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ގޮތުގައި ދިވެހިރާއްޖޭގެ އިގުތިސާދު ދެމިއޮންނާނެ އެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓުގައި ބުންޏެވެ.

ރާއްޖޭގެ އިގުތިސާދު އެގޮތުގައި ދެމި އޮންނާނީ ވޯލްޑްބޭންކުން ބުނި ގޮތުގައި ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާއި އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމެންޓްތަކުގެ ސަބަބުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *