logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސްޓެލްކޯގެ މުއައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތަކީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބުން ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ، ލޭހަދިޔާކުރުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި، މިފަހަރު ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތަށް  މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑުތަރުޙީބެއް ލިބިގެންގޮސްފައިވާ ކަމަށެވެ.

މި ގޮތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި 100 އާ، ގާތްކުރާ އަދަދަކަށް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ވަނީ، ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ