logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ޤުރުއާން ކޯސްތައް އޮންލައިނުކޮށް ކުރިއަށްގެންދެވޭގޮތަށް ހުއްދަދީފި

ޤުރުއާނާ ގުޅުންހުރި އެކި މާއްދާތައް އޮންލައިނުކޮށް ކިޔަވައިދިނުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން ދީފިއެވެ.

ރާއްޖޭގައި އޮންލައިނުކޮށް ކޯސްތައް ހިންގާއިރު،  އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނެއެވެ އެމްކިއުއޭއިން ބުނީ މި 8 ދާއިރާގެ ތެރޭގައި ޤުރުއާނުގެ ކޯސްތައް ހިމެނޭ ކަމަށެވެ.

އޮންލައިނުކޮށް ގުރުއާން ކޯސްތައް ހިންގުމުގެ ހުއްދަ އެންމެފަހުން އެމްކިއުއޭއިން ދީފައިވަނީ، އެ އޮތޯރިޓީ އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ކުރެވުނު މަޝްވަރާގެ މަތިންނެވެ. މިގޮތުންއީ-ލާނިންގ މޮޑަލިޓީގެ ދަށުން ކީރިތި ގުރުއާނާއި ގުރުއާނާ ގުޅުންހުރި މާއްދާތައް ކިޔަވައިދިނުމުގެ ހުއްދަ ދެވިދާނެކަމަށް ބަޔާންކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެމްކިއުއޭއަށް ލިޔުމުން ދަންނަވާފައެވެ.

އެމްކިއުއޭއިން ބުނީ، އޮންލައިނުކޮށް ކިޔަވައިދިނުމުގައި މިހާރުން މިހާރަށްވެސް ވަކި ކަހަލަ މޮޑިއުލްތަކެއް ކިޔަވައިދެވިދާނެ ކަމަށެވެ. އޭގެ ތެރޭގައި މަޢާނިލް ޤުރުއާން އަދި ޢުލޫމުލް ޤުރުއާން ފަދަ މާއްދާތައް ކިޔަވައި ދެވިދާނެ ކަމަށެވެ. އަދި ވަކި އުޞޫލުތަކެއްގެ މަތިން ބަލައިގެން ކިޔަވާ ކޯސްތަކާއި ހިތު ދަސްކުރުމުގެ ކޯސްތައްވެސް ކުރިއަށްގެންދެވިދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބަޔާންކޮށްފައިވާކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން ބުނީ ގުރުއާނުގެ އެ ކޯސްތައް އޮންލައިނުކޮށް ކުރިއަށްގެންދެވޭގޮތަށް ހަމަޖެއްސިނަމަވެސް އެ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިނުކޮށް ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ