logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

20 އިމާމުން ތަމްރީނަކަށް ބުރޫނާއީ އަށް ފުރައިފި

ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ތެރެއިން އިތުރު 20 އިމާމަކު ބުރޫނާއީ އަށް ރޭ ފުރައިފިއެވެ.

މިއީ ރާއްޖެއިން ބޭރަށް މިއަހަރު ފޮނުވި އިމާމުންގެ ތިން ވަނަ ބެޗެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ތަމްރީނަކަށް 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް އިމާމުން ދަތުރު ކުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން މީގެކުރިން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އެ މިނިސްޓްރީން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމަކީ އިސްލާމިކް މިނިސްޓްރީގެ އަމާޒެކެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *