logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ހަމާސްގެ އިސްވެރިޔާ ހަނިއްޔާ ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލައިފިއެވެ.

އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑް ކޮޕްސް (އައިއާރްޖީސީ) އާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހަމަލާދީފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އީރާން ޓީވީން އެކަން އިއުލާނުކުރިތާ މާގިނައިރުތަކެއް ނުވެ ހަމާސްއިންވެސް ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނެއްގައި ބުނެފައި ވަނީ ހަނިއްޔާ ޝަހީދުކޮށްލައިފައި ވަނީ އީރާނުގެ އާ ރައީސް ހުވާކުރެއްވުމުގެ ބައިވެރިވެވަޑައިގަތުމަށް ފަހު ތެހެރާނުގައި އޭނާ ދިރިއުޅޭ ގެއަށް "ޒަޔަނިސްޓުން" ދިން ހަމަލާއެއްގައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އޭޕްރީލް މަހު ޣައްޒާއަށް ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ފިރިހެން ކުދިންނާއި ކާފަ ކުދިންވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ހަނިއްޔާ ޝަހީދު ކޮށްލިއިރު އުމުރުފުޅަކީ 54 އަހަރެވެ. މިދިޔަ އަހަރުން ފެށިގެން ހަމާސްގެ ސިޔާސީ ބިއުރޯގެ ޗެއާމަންކަން ކުރައްވައިފައިވާ ހަނިއްޔާ ދިރިއުޅުއްވަނީ ގަތަރުގައެވެ. އަދި އޭނާ އެ މަގާމަށް އިންތިހާބުކުރީ 2017 މޭ 6 ވަނަ ދުވަހުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *