logo minivan

English

ހޯމަ, 25 ނޮވެމްބަރ 2024

މިއަދު މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓްލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ، އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް، ބުރުޒު މަގު، ބޮޑުރަސްގެފާނު މަގު، ނިރޮޅު މަގު އަދި ޝަބްނަމް މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:30 ން 16:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި އަމީރު އަހުމަދު މަގާއި، ބޮޑުތަކުރުފާނު މަގާއި، ލޮޓަސް ގޯޅި ހިމެނޭ ސަރަހައްދުން ވެސް 14:30 ން 16:30 ށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެ ކުންފުނިން ވަނީ، ސަތަރު ގޯޅިއާއި، ސަބްދެރިޔާ މަގާއި، ރަށްދެބައި މަގާއި، އަނޯނާ ގޯޅިއާއި، ދީފްރަމް ގޯޅިއާއި، ފިނިފެންމާ ގޯޅިއާއި، ގަލަދުން ގޯޅީގެ އިތުރުން މެހެލި ގޯޅިން މިއަދު 10:00 ކުން ފެށިގެން މެނދުރު 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް މައުލޫމާތުދީފައެވެ.

ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *