އިންޑިއާގެ އެގްޒިމް ބޭންކާއެކު ދިވެހި ސަރުކާރުން 2019 ވަނައަހަރު ވެފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ހިންގި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމައި ދިވެހިސަރުކާރާ މިއަދު ޙަވާލުކޮށްފިއެވެ.
ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުތަކުގެ ނިންމުން ރަމްޒުކޮށްދޭ ލިޔުން ޙަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރު އެވެ. އެ ލިޔުމާއި ދިވެހި ރާއްޖޭގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށާއި، ދިމާވާ ކޮންމެ ގޮންޖެހުމެއްގައި ދެގައުމުން ވެސް އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށް ފޯރުކޮށްދެމުންދާކަމަށެވެ.
ފެނާއި ނަރުދަމާގެ މަޝްރޫޢުތަށް ނިންމައި ރަމްޒީ ލިޔުން ޙަވާލުކުރުމަށް މިއަދު ރައީސް އިފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށާއި، ދިމާވާ ކޮންމެ ގޮންޖެހުމެއްގައި ދެގައުމުން ވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެގްޒިމް ބޭންކުގެ އެހީގައި ހިންގި ފެނާއި ނަރުދަމާގެ މަޝްރޫޢު ތަކުގެ ސަބަބުން 28،000 އަށް ވުރެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިއްޖެ ކަމަށާއި، ނަރުދަމާ ނިޒާމް ގާއިމްކުރީ ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުންވެސް ހިމަނައިގެންކަމަށާއި، ފެނުގެ ނިޒާމުގައި ބޭނުން ކޮށްފައި ވާނީ އެންމެ ޒަމާނީ ވަސީލަތްތައް ކަމަށްވެސް އިންޑިއާގެ ފޮރިން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވުިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވާސް އޯސްމޯސިސް (އާރުއޯ) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތަންތަން ގާއިމްކުރުމާއި، ފެންހޮޅިއެޅުމާއި، މީޓަރު ހަރުކުރުމާއި، އޮފީސް އިމާރާތް ބިނާކުރުމާއި އަދި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި އެޅުންވެސް ހިމަނާފައިވެއެވެ. އަދި އޭގެ އިތުރުން އޮފީސް އިމާރާތުގެ ފުރާޅުތަކުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް އާރުއޯ ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތަ އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމުވެސް އެ މަޝްރޫއުގައި ހިމަނާފައިވެއެވެ.