logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ޑިމޮކްރެޓްސްއިން ދެކެނީ ގާނޫނު އަސާސީގެ ފައިދާ ނުލިބޭ ކަމަށް

ގާނޫނުއަސާސީ ތަސައްވުރުކުރި ބޮޑެތި ބަދަލުތައް މިހާރު ފޮރޮޅިގެން ގޮސްފައިވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

2004 ވަނަ އަހަރުގެ އޯގަސްޓް 12 އަދި 13 ގެ ހާދިސާގެ ހަނދާން އައުކޮށް ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ދުުވަހަކީޖަލުގައި އަނިޔާކުރުމާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުމާއި އެންމެ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ހުދުމުހުތާރު ވެރިކަމުގެ ވައްޓަފާޅިއާ ދެކޮޅަށްފުރަތަމަ ފަހަރަށް ފާޅުގައި ރައްޔިތުން އެއްތަނަކަށް އެއްވުމުން، ވެރިކަމުގެ ބާރުތައް ބޭނުންކޮށްގެން އަނެއްކާ ވެސް އަނިޔާގެ މައްޗަށް އަނިޔާވެރިކަންއިންތިހާއަށް އިސްކުރި ހާދިސާ ހަނދާނަށް ގެނެސްދޭ ދުވަހެވެ.

އަނިޔާއާއި ބިރުވެރިކަމުގެ ތެރެއިން އޭރު ރައްޔިތުން ކުރި މިންނަތް މަސައްކަތުން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ޑިމޮކްރެޓިކް ޤާނޫނުއަސާސީ އެއްހާސިލުކުރެވި، ޑިމޮކްރެޓިކް ވެރިކަމެއް ފުރަތަމަ ފަހަރަށް 2008 ގައި ގާއިމުކުރެވުމަކީ ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޖަލުގައި ގައިދީންނަށް އަނިޔާކުރުމުގެ ސަގާފަތް ހުއްޓުވިފައިވުމީ ލިބުނު ކުރިއެރުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ބަދަލުތަކާ އެކު ދެންވެސް ރައްޔިތުން އުއްމީދުކުރި، އަދި ގާނޫނުއަސާސީ ތަސައްވުރުކުރި ބޮޑެތި ބަދަލުތައް މިހާރު ފޮރޮޅިގެން ގޮސްފައިވާ ނުކިއްސަރުމަގާމެދު ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވާ ކަމަށް ވަނީ ބުނެފައެވެ.

ރައްޔިތުންގެ ހައްގުތަކާއި ބާރުގެ މައްޗަށް ނާޖާއިޒުގޮތުގައި ވެރިކަމުގެ ބާރު އިސްކުރަމުން ގެންދަނީ އެކިއިރު އެކިގޮތަށް ކަމަށާއި  ތަންފީޒީ ބާރުތައް ނޫނަސް،ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ މާލީ ބާރުވެރިކަމާއި އެއާއި ގުޅޭ ވަޒީފާތަކާއި މަސައްކަތްތަކާއި ހިދުމަތްތައްފަދަ ވަސީލަތްތައް ބޭނުންކޮށްގެންރައްޔިތުން އޮބެހެއްޓުމާއި ހަންމަތަކުރުމުގެ ސަގާފަތް ދަނީ ފުޅާވަމުން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. އަދި އެ އަނިޔާއާއި ނާއިންސާފުނެތިކޮށްލުމަކީ ރައްޔިތުން ކުރި އުއްމީދެއް ކަމަށް ވެސް ދަ ޑޮމޮކްރެޓްސްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސް ދެމި އޮންނާނީ އަނިޔާވެރިކަމާއި ދެކޮޅު އަދި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް ކުރިއެރުވުމުގެ ވިސްނުމާއި ފިކުރުގެ ބިންގާ މަތީގައި ކަމަށްވެސް ވަނީ ބުނެފައެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *