logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

އާއިލާ ބޭފުޅުން ހުޅުމާލެއިން އެޕާޓްމަންޓް ގަތުމާ ގުޅޭ ގޮތުން އަބްދުﷲ ޝާހިދުގެ ޕޭޖުން

ދިޔަރެސް ނޫހުގައި އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ އަބުރުކަތިލުމުގެ މަގުސަދުގައި އަނެއްކާވެސް އަޅުގަނޑުގެ ކުދިން ހުޅުމާލެއިން އެޕާރޓްމެންޓް ގަނެގެން އުޅޭ ވާހަކަ ލިޔުއްވާފައިވާތީ ދަންނަވަމެވެ.

ޔަމީން ރެއިންކުރެސްޓް އިން ގަނެފައިވާ އެޕާރޓްމެންޓް ގަނެފައިވަނީ ބޭންކް އިން ލޯނެއް ނަގައިގެންނެވެ. ލޯނު މިހާރުވެސް ގެންދަނީ އަނބުރާ ދައްކަމުންނެވެ. ދިޔަރެސްގައި އެބުނާ އެޕާރޓްމެންޓްތައް ގަނެފައިވަނީ އަޅުގަނޑު ސަރުކާރުގެ ވަޒީރުކަމުގައި ހުރި މިދިޔަ 5 އަހަރުގެ ތެރޭގައެއް ނޫނެވެ. އަޅުގަނޑަކީ އޭރު މިހާރެކޭ ވެސް އެއްފަދައިން އިދިކޮޅުޕާރޓީ ގެ މީހެކެވެ.

އަޅުގަނޑު މާލޭގައި 10 ބުރީގެ އެޕާރޓްމެންޓް ބިލްޑިންގް އެއް ޢިމާރާތްކޮށް ކުއްޔަށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަތާ އެތަށް ޒަމާނެއްވެއްޖެއެވެ. الله ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުގެ ޢާއިލާއަށް ބޭނުންވާކަންތައްތައް ޤާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސްކަންވަނީ މިންވަރު ކުރައްވާފައެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަކީވެސް ދިވެހި ރައްޔިތުންނަށްވާތީ އަޅުގަނޑުމެންނަށް ވެސް މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ޤާނޫނު އަސާސީ ގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދެއެވެ. .

މިކަމާމެދު ސުވާލުކުރައްވާފަރާތްތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ޤާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުޙަބާކިޔަމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *