logo minivan

English

އާދިއްތަ, 24 ނޮވެމްބަރ 2024

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް" ގެ ނަމުގައި އަންނަ އަހަރު މައުރަޒެއް ބާއްވަނީ

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް" ގެ ނަމުގައި އަންނަ އަހަރު މައުރަޒެއް ބާއްވަން ނިންމައިފިއެވެ.

އެކަން ހާމަކޮސް އިގްސާދީ ތަރައްގީއާއި ވިޔަފާރިއާ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 23 އިން އެ މަހުގެ 31 ގެ ނިއަލަށް ހުޅުމާލޭގައި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް" ގެ ނަމުގައި ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ މައުރަޒެއް ބާއްވަން ނިންމާފައިވާކަމަށެވެ.

އެ މިނިސްޓްރީގެ ނޫސްބަޔާނުގައިވާ ގޮތުން އަމިއްލަ ފަރުންނަށާއި، ކުންފުނިތަކާއި ވިޔާފާރިތައް، ރައްތަކާއި ސިޓީތަކާއި، ތައުލީމުދޭ މަރުކަޒްތަކާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެނޭނެއެވެ. އަދި އެ މައުރަޒުގައި 81 ދާއިރާއިން ތަކެތި ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަށާއި، އެ ދާއިރާތްއް އެ މިނިސްޓަރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެކަމަށްވެސް ބބުނެފައިވެއެވެ.

އަދި އެ މައުރަޒުގައި ބައިނަލް އަގުވާމީ ފަރާތްތަކަށް އެފަރާތްތަކުގެ އީޖާޒީ މަސައްކަތްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްވެސް ހަމަޖެހިފައިވާކަމަށް އެމިނިސްޓަރީގެ ނޫސްބަޔާނުގައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *