logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް: އެމްއެމްއޭ

ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ބުނެފިއެވެ.

އެމްއެމްއޭ އިން އެހެން ބުނެފައިވަނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން މޫޑީސް ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ފާހަގަވާ ކަންތައްތައް ބަޔާންކޮސް ނެރެފައިވާ ނޫސްބަޔާނުގައިއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި، އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އޮތޯރިޓީން ދެއްވާ ކަމަށެވެ. އަދި އެ އޮތޯރިޓީއާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އޮތޯރިޓީއަށް އެބައޮތް ކަމުގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ކަންކމުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 4.9 އިންސައްތަ ކުރިއަރާނެކަމަށް ލަފާކޯސްފައިވާއިރު އަންނަ އަހަރު އެ އިންސައްތަ 6.5 އަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ. އެ ކުރުއެރުންތަކުގެ މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ އެއާޕޯޓްގެ އައު ޓާމިނަލްގެ ބައެއް ހުޅުވި ފަތުރުވެރިން އަންނަ އަދަދު އިތުރާވަނެކަމަށް ލަފާކޮށްފައިވުން ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުންމިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް މޫޑީސް ރިޕޯޓްގައި ފާހަގަކޮސްފައިވާކަމަށާއި، އެ ގޮތުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ މިހާރުހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައިކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އޭގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މިއަހަރު ފަށަން ހަމަޖެހުފައިވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *