logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

އޮރިޔާންކޮށް ފޭރުނު މައްސަލަ: ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި، އެންމެނަށް ވަނީ ޝަރީއަތް ނިމެންދެން ބަންދު ޖަހާފައި

ފޭރުމުގެ މައްސަލައެއްގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފި އެވެ.

ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިންގޮތުގައި މި މައްސަލައަކީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައިގެން ފޭރެން މަސައްކަތްކުރި ކަމަށް ރިޕޯޓްކުރެވުނު މައްސަލައެކެވެ. މި ހާދިސާގައި އެ މީހާއަށް ވަޅިން ބިރުދައްކައި، އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި، އަދި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވި ކަމަށް ތުހުމަތުކުރެވެ އެވެ. މީގެ އިތުރުން، އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށްވެސް ބެލެވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުންނަކީ:

1. މއ. މަސްފަން، ޢާއިޝަތު (43 އަހަރު)
2. މއ. މަސްފަން، މުޙައްމަދު ރީހާން (27 އަހަރު)
3. ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35 އަހަރު)

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *