ބިދޭސީން ތަކަކަށް ވަޅިން ބިރުދައްކައި ފޭރުނު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ސ. ހިތަދޫ، އަތިރީގެ، އުމުރުން 37 އަހަރުގެ އަހުމަދު ސިވާތް އާއި، ސ. ހިތަދޫ ޑިލައިޓްފޭސް، އުމުރުން 37 އަހަރުގެ މުހައްމަދު ސާލިމް އެވެ.
ފުލުހުން ބުނީ، މި ދެ މީހުން ރޭ ރަސްފަންނުގައި ތިބި ބިދޭސީން ތަކަކަށް ވަޅިން ބިރު ދައްކައި ލާރި ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.