logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ކާށިދޫއަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ކާށިދޫއަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މި ދޯނީގައި ދަތުރުކުރަމުން ދިޔައީ ތިން ބިދޭސީންނާއި ދެ ދިވެހީން ކަމަށާއި، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހަވީރު 15:14 އެހާކަން ހާއިރު ކަމަށެވެ.

މިހާދިސާގެ އިތުރު ތަފްސީލް އަދި ހާމަ ކޮށްފައެއްނުވެއެވެ.

މި ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު މިއީ މިއަދު ކަނޑުމަތީގައި އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ދޯންޏެވެ.

މީގެ އިތުރުން މިއަދު ހެނދުނު 7:20 އެހާކަން ހާ އިރު، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ އިންޖީނު ރޫމުގައި އަލިފާން ރޯވެ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ އަދި ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ އެ އަލިފާން މިއަދު 14:20 އެހާކަން ހާއިރު ވަނީ ނިއްވާލައިފައެވެ. ނަމަވެސް އެ ދޯނި ވަނީ މިހާރު އަޑިއަށް ގޮސްފައެވެ.

އެ ދޯނިން ދަތުރު ކުރި ކަމަށް މައުލޫމާތު ލިބިފައިވަނީ ފަސް މީހުންނެވެ. އަދި އެ ފަސް މީހުންގެ ހާލުވެސް ރަނގަޅެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *