logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޕީޕީއެމަށް ނައިބް ރައީސްއަކާއި އެސްޖީއެއް އައްޔަންކޮށްފި

ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ.

ހަލީލް އެ މަގާމަށް އައްޔަންކުރީ ސަރުކާރު ހިންގާ ޕީއެންސީއާ އެކު މަސައްކަތްކުރާ ޕީޕީއެމްގެ ސެނެޓް ނުބާއްވާތާ ގިނަ ދުވަސް ދުވަސްތަކަކަށް ފަހު ބޭއްވި ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމުގަ އެވެ.

ޕީއެންސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިއްތިފާގުން ވަނީ ވަނީ އެ ޕާޓީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ހަލީލް އައްޔަންކޮށް އަދި ސެކްރެޓަރީ ޖެނެރަލަކަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ކަނޑައަޅައުފަ އެވެ.

ސެނެޓު ބައްދަލުވުމެއް ބާއްވާފައި ވަނީ ޕީޕީއެމް އުވާލަން އުޅޭ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައި ވަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން އޮފިޝަލް ވިދާޅުވީ އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *