logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ނޮވެމްބަރ 3 އުދުވާނީ ހަމަލާގައި ޝަހީދުވި އާއިލާތަކަށް ބޯހިޔާވަހިކަމާއި އެލަވަންސް އެއް ދިނުމަށް ނިންމައިފި

ނޮވެމްބަރ 3 އުދުވާނީ ހަމަލާގައި ޝަހީދުވި އާއިލާތަކަށް ބޯހިޔާވަހިކަމާއި އެލަވަންސް އެއް ދިނުމަށް ނިންމައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނުގައި ޝަހީދުވި ފަރާތްތަކުގެ އާއިލާއަށް އަންނަ އަހަރުން ފެށިގެން އެލަވަންސް އެއް ދޭން ފަށާނެ ކަމަށާއި އަދި އެ އާއިލާތަކަށް ހާއްސަކޮށް 50 ޔުނިޓްގެ ހައުސިންގ މަޝްރޫޢުއެއް ހިންގަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށާއި ނަސްރުގެ ދުވަހުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު 5 ފަރާތަށާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 ފަރާތަށް ހާއްސަ އެލަވަންސެއް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ސަރުކާރުގެ ފަރާތުން ކުރިން ދެމުންގެންދެވި ކަމަށާއި، ނަމަވެސް ފަހުން އެކަން ހުއްޓާލާފައިވާކަމަށެވެ. އަދި އެކަމަކީ ވަރަށްބޮޑު ބޭއިންސާފެއްކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ