logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ބައެއްގެ އަޚުލާގު އެންމެބޮޑަށް ފެނިގެންދަނީ އެބަޔަކު ދިރިއުޅޭ ވެށީގެ ސާފުކަމުން: ނައިބު ރައީސް

ބައެއްގެ އަޚުލާގު އެންމެބޮޑަށް ފެނިގެންދާނީ އެބަޔަކު ދިރިއުޅޭ ވެއްޓާއި މާޙައުލުގެ ސާފުކަމުންކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ "ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމަށް އެޗްޑީސީން ބޭއްވި "ދުނިޔެ މަގޭ" ޙަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެޗްޑީސީން ފެށި "ދުނިޔެ މަގޭ" ސާފުކުރުމުގެ ހަކާތުގައި އެކިއެކި މުވައްސަސާތަކާއި ސްކޫލް ދަރިވަރުން ހިމެނޭހެން 1600 އަށްވުރެ ގިނަމީހުން ބައިވެރިވެފައިވެއެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މަގުމަތިން ނަގާ ކޮންމެ ކުނިކޮޅަނީ ކޮންމެވެސް މީހެއްގެ އިޙުމާލެއްކަމަށެވެ. އަދި މިކަމުގެ ހަޑި، އެންމެނަށް ލިބޭކަމަށެވެ.

"ވަށައިގެންވާ ވެށި ރީތި ނަމަ އޭގެއިން ފެންނަނީ، މުޖުތަމަޢުގެ މީހުންގެ ރީތި ދިރިއުޅުން، ބޭރުގައުމުތަކަށް ބަލާއިރު ވަރަށް ރީތިކޮށް ޕާކުތަކާއި މައިޒާންތަކާއި މަގުތައް ބަލަހައްޓާ ޤައުމުތައް އެބަހުރި. އޭގެން އެ ފެނިގެންދަނީ އެމީހުންގެ ދިރިއުޅުމުގެ ސާދާކަމާއި، ތަހުޒީބުކަން. އަޅުގަނޑުމެންގެ ދަރިންވެސް ތަރުބިއްޔަތުކުރަންވީ މި ވިސްނުމުގައި." ނައިބު ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *