logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ޤައުމީ އަންހެން ބާސްކެޓްބޯލް ޓީމާ އެކު ނައިބު ރައީސް

ދިވެހި ޓީމްގެ އަމާޒު ރަން ވަނައަކާއި ދިމާލަށް

މިމަހުގެ 24 ވަނަ ދުވަހު ސޯޝަލް ސެންޓަރު އިންޑޯ ހޯލްގައި ފެށުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ދިވެހިރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ އަމާޒަކީ ކުރިން ނުލިބޭ ކުލައެއްގެ މެޑަލްއެއް ހޯދުން ކަމަށް ޓީމުގެ އެންމެ ސީނިއަރ ކުޅުންތެރިއާ ޝިއުރާ (ޝިއުޓޯ) ބުނެފިއެވެ.

ޝިއުރާ ބުނީ މިފަހަރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ޓީމުގެ އަމާޒަކީ ރާއްޖެއަށް ބާސްކެޓްބޯޅައިގެ ފުރަތަމަ ރަން މެޑަލް ހޯދައިދުނުން ކަމަށެވެ.

ނައިބް ރައީސް ޤައުމީ ޓީޟާއި ބައްދަލުކުރައްވުމުގެ ތެރެއިން – ފޮޓޯ: ރައީސް އޮފީސް

ޝިއުރާ މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓީމާ ބައްދަލުކުރައްވާ ޓީމަށް ހިތްވަރު ދެއްވާފައެވެ.

ކުޅުންތެރިންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

ނައިބް ރައީސް ޤައުމީ ޓީޟާއި ބައްދަލުކުރައްވުމުގެ ތެރެއިން – ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ޖާޒީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓީމާއި ޙަވާލުކޮށްދެއްވައިފައެވެ.

ސާބާ ވޮމެންސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 24 – 29. ދިވެހިރާއްޖޭގެ އިތުރުން މިމުބާރާތުގައި ވާދަކުރާނީ ސްރީލަންކާ، ނޭޕާލް އަދި ބޫޓާނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *