logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ބުރުނާއީ އާއި ދެކޮޅަށް ގޯލް ޖެހުމަސްފަހު އުފާފާޅުކުރަނީ - ފޮޓޯ: އެފް.އޭ.އެމް

ޤައުމީ ފުޓްބޯޅަ ޓީމް ފުރަތަމަ ފަހަރަށް ބުރުނާއީގެ މައްޗަށް ކުރިހޯދައިފި

ޤައުމީ ފުޓްބޯޅަ ޓީމް ފުރަތަމަ ފަހަރަށް ބުރުނާއި ދާރުއްސަލާމްގެ މައްޗަށް ކުރިހޯފައިފިއެވެ. ބުރުނާއިގައި ކުޅެވިގެންދިޔަ އެކުވެރިކަމުގެ މިމެޗުން ދިވެހި ޓީމް ކުރި ހޯދީ 3 – 0 ނެވެ.

މިއީ ބުރުނާއީގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ. ޤައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ނެރުނު ފުރަތަމަ އެގާރައިގައި އަލަށް ޤައުމީ ޓީމަށް ނެގި އަހުނާފް ރަޝީދު ހިމެނިގެންދިޔައެވެ. ފުރަތަމަ އެގާރައިން ފެނިގެންދިޔައީ 2 ކުޅުންތެރިން ފިޔައިވައި މުޅިންވެސް މާޒިޔާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ސުޕާރ ޔުނައިޓެޑްގެ އަހުނާފްގެ އިތުރުން މާޒިޔާއަށް ނިސްބަތް ނުވާ ކުޅުންތެރިއަކަށް ދެން ފެނުނީ ކްލަބް އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއުއެވެ.

ބުރުނާއީ އާއި ދެކޮޅަށް ނިކުތް ދިވެހި ޓީމްގެ ފުރަތަމަ 11 – ފޮޓޯ: އެފް.އޭ.އެމް

މިމެޗުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަންއެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގައި ޖަހާދިނީ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދެވެ. އަދި ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބަދަލުކުޅެންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަސަން ރާއިފް އަހުމަދެވެ.

ބުރުނާއީ އާއި ދެކޮޅަށް ގޯލް ޖެހުމަސްފަހު އުފާފާޅުކުރަނީ – ފޮޓޯ: އެފް.އޭ.އެމް

ބުރުނާއިގައި ދިވެހި ޓީމް ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގައި ޓީމް ނިކުންނާނީ ލާއޯސް އާއި ދެކޮޅަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *