logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ބުރުނާއީ އާއި ދެކޮޅަށް ނިކުތް ދިވެހި ޓީމްގެ ފުރަތަމަ 11 - ފޮޓޯ: އެފް.އޭ.އެމް

ރޭންކިންގައި ރާއްޖެ 2 ދަރަޖަ ކުރިއަށް ޖެހިލައިފި

ފީފާއިން ކޮންމެ 2 މަހަކުން ނެރެމުންދާ ފީފާ ވޯލްޑް ރޭންކިންގައި ދިވެހިރާއްޖެ 2 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.

މިއަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 156 ވަނާގައެވެ. މާޗްމަހުން ފެށިގެން މިމަހާ ހަމައަށް ނެރުނު އެއްވެސް ރޭންކިންގއެއްގައި ރާއްޖޭގެ ދަރަޖައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް އޮކްޓޯބަރު މަހަށް ނެރުނު ރޭންކިންގައި ރާއްޖެ ކުރިއަށް ޖެހިލާފައިވަނީ މިދިޔަ މަހު ދިވެހިރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗުތައް ކާމިޔާބުުކުރުމާގުޅިގެން ލިބުނު ޕޮއިންޓްތަކުންނެވެ.

މިދިޔަ މަހު ދިވެހިރާއްޖޭގެ ޤައުމީ ޓީމުން ވަނީ ބުރުނާއިގައި އެކުވެރިކަމުގެ 2 މެޗު ކުޅެފައެވެ. ދިވެހި ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބުރުނާއިގެ މައްޗަށް 3 – 0 ސުމަކުން ކުރި ހޯދި އިރު ދެވަނަ މެޗުގައި ލާއޯސް އާއި ބައްދަލުކޮށް ދިވެހިރާއްޖެ މެޗު ކާމިޔާބުކުރީ 3 – 1 ނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *