logo minivan

English

ބުދަ, 24 އޭޕްރިލް 2024

"މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022″ ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން ‘’މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022″ ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އިސްކަންދަރު ބިލްޑިންގައި އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވަޒީފާގެ މާހައުލާއި ދިރިއުޅުުމުގެ އެހެނިހެން ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އަމިއްލަ ކެރިއަރ ކުރިއަރުވައި ހަރުދަނާކަމާއެކު ހިތްފަސޭހަކަން ގާއިމުކުރުމަށް މަސައްކަތްކުރުން، އުންމީދީ ލަނޑުދަނޑިތައް ކަނޑައެޅުން، އެހެން އަންހެނުންނަށް އިރުޝާދުދިނުން، ގާނޫނު ތަންފީޒުކުރުމުގައި އަންހެނުން ޝާމިލުވާ މުޖުތަމައެއް އޮތްކަން ހާމަކޮށްދިނުމާއެކު އަމިއްލަ ނަފުސަށް ވަކާލާތުކުރުމަށް މަސައްކަތްކުރުން، ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމާއެކު ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން އެކި ކަންކަމުގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރުން، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ދައުރާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް އަންްހެނުންނަށް ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ހިޔާލުބަދަލުކޮށްފައިވެއެވެ.

އަދި ވަޒީފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުމާއި ޖަވާބުދާރީވުން އިތުރުކުރުމާއި ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 50މުވައްޒަފުން ބައިވެރިވިއެވެ.

މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބޭއްވުމަށްވަނީ ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *