logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބަންޑުން ޖަހާލި ބޯޓުގައި ތިބި އިންޑިއާގެ ހަ ފަޅުވެރިން މާލެ ގެނެސްފި

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން މާލެ ގެނެސްފިއެވެ.

މި މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގައި ރޭ 23:45 ހާއިރުއެވެ. އިންޑިޔާއަށް ނިސްބަތްވާ މި ހަ ފަޅުވެރިން މާލެ ގެނައިއިރު އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މި މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޖުމުލަ ހަތް މީހުންނާއެކު ދަތުރުކުރި މި ބޯޓުން ގެއްލުނުކަމަށް ބެލެވޭ މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނިފައިވަނީ އިއްޔެ 17:25 ހާއިރުއެވެ. އެމީހާގެ ހާލު ސާފެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *