logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބޯކޮށް ވާރޭވެހި ނައިފަރުގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިއްކުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ

ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޅ.ނައިފަރުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ކޮންޕޯނަންޓްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޅ.ނައިފަރުގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށާއި ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުން ދާތީ، އެ ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ކޮންޕޯނަންޓްގެ ސިފައިން ދަނީ މިއަދުގެ މެންދުރު 12:00 ހާއިރުން ފެށިގެން އެ ސަރަހައްދުތަކަށް ގޮސް ހަރަކާތްތެރިވަމުންނެވެ. މިގޮތުން، ޅ.ނައިފަރުގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެންގަނޑުތައް ހިއްދާލުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *