logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި

ކ.ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހަ މީހުންނާ އެކު މިއަދު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން "ހައިރާތު" ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:01 ހާއިރުއެވެ. އެ ވަގުތު އެ ހިސާބުން ދަތުރުކުރި "ދަ ފިއުލް 08″ ނަމަކަށް ކިޔާ ތެޔޮބޯޓެއް ދޯންޏާ ކައިރިކޮށް ކަފުޖަހަން މަސައްކަތްކުރި ކަމަށާއި، އަދި، ކަނޑުގަދަކަމުން ކަފު ނުޖެހިގެން، އެ ދޯންޏާ ކައިރިކޮށް ފަހުން ދެ ފަރާތުން ވާ އައްސާފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އަދި ކަނޑުގަދަކަމުން ނުދުއްވޭ ކަމާއި ދޯނީގައި އައްސާފައިވާ ވާ ކަނޑައިގެން ގޮސްފިނަމަ ދޯނި އަޑިއަށް ގޮސްދާނެކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. މި މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ހަކުރާ" ލޯންޗު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އަދި، ދޯނީގެ ވެރިފަރާތާ ގުޅިގެން، އެ ދޯނި ކަފުޖެހުމަށް ކާށިދޫން މިއަދު 14:00 ހާއިރު ވަނީ އިތުރު އުޅަނދެއް އެ ސަރަހައްދަށް ފުރުވާލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *