ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް ރާއްޖެ ވަޑައިގަތުން ފިޔަވާ މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވައެވެ. ރައީސް ރާއްޖެ ވަޑައިގެންނެވުމަށްފަހު މާދަމާރޭ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކާށިދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ތައިރޮއިޑްގެ ސާޖަރީއެއް ސިންގަޕޫރުން ކުރައްވާފައެވެ.