logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ކޯސްޓްގާރޑުން ފަށައިފި

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ހުވަދު އަތޮޅުގައި މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މި މަހުގެ 23 އިން 27 އަށް ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެސްޓީއޯ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2022″ އެތުލެޓިކްސް މުބާރާތާ ގުޅިގެން ސްކޫލު ދަރިވަރުން ގޮވައިގެން ކަނޑުމަގުން ގިނަ ދަތުރުތަކެއް ކުރާނެތީ، ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިގޮތުން އެ އަތޮޅުގެ އެތެރޭގައި ދުއްވާ އުޅަނދުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ކޯސްޓްގާޑުން ބަލަމުންދާނެއެވެ.

މިއަދުން ފެށިގެން މުބާރާތް ނިމުމާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *