logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮއްފިއެވެ.

މިވީޑިއޯއިން ފެންނަ ދެމީހުންނަކީ މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދަން ބޭނުންވެފައިވާ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183  އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ވައްކަމާއި ފޭރުންފަދަ މައްސަލަތަކާއި ގުޅިގެން ހޯދަން ބޭނުންވާ މީހުން ހޯދުމަށް ފުލުހުން އެމީހުންގެ ފޮޓޯއާއި ވީޑިއޯ އާންމުކޮށް އާންމުންގެ އެހީއަށް ފުލުހުން އަންނަނީ އެދެމުންނެވެ. މިފަދަކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮއްްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *